އަލްޙާފިޡް މޫސާ އަޝްހަލް އަޝްރަފް
ހ. އީސްޓްލައިޓް

މޫސާ އަޝްހަލް އަޝްރަފް، ކީރިތި ޤުރްއާން ހިތުދަސްކުރަން ފެށީ، އުމުރުން އެންމެ 4 އަހަރުގައެވެ. ހިތުދަސްކުރުމުގެ ޝައުޤުވެރިކަން އުފެދުނީ، ޤުރްއާން ޚަތިމުކުރަން ކިޔަވަން ފެށި ހިސާބުން، ކިޔަވަމުންގެންދާ ބައި ފަސޭހަކަމާއެކުގައި ހިތުދަސްވަމުން ދާން ފެށުމުންނެވެ. ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވެގެން ޤުރްއާން ހިތުދަސްކުރުން ކުރިއަށް ގެންދަން ފެށީ، އުމުރުން 8 އަހަރުގައެވެ. އޭރުވެސް 4 ފޮތް ހިތުދަސްކުރެވިފައި ވެއެވެ. ކީރިތި ޤުރްއާން އެއްކޮށް ހިތުދަސްކޮށް ނިމުނީ، އުމުރުން 11 އަހަރުގައެވެ.

މޫސާ އަޝްހަލް އަޝްރަފް، ޙިފްޡު ކުލާހުން މުރާޖަޢާ ކުލާހަށް ބަދަލުވީ، 2022ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މުރާޖަޢާ ކުރުމަށްޓަކައި އަހަރެއްހާ ދުވަހުގެ މުއްދަތެއް ހޭދަވިއެވެ. ޙިފްޡު ކުލާހުގައި ދެފަހަރު، އަދި މުރާޖަޢާ ކުލާހުގައި ދެފަހަރު މުރާޖަޢާކޮށް އުސްތާޒަށް ކިޔައިދިނެވެ.

ޤުރްއާން ހިތުދަސްކުރުމުގައި އަޝްހަލްއަށް އެންމެބޮޑު އެހީތެރިކަމެއް ދެއްވީ މަންމައެވެ. އަދި ބައްޕައާއި ޢާއިލާގެ ފަރާތުން ލިބުނު ހިތްވަރާއި އެހީތެރިކަންވެސް އަޝްހަލް ފާހަގަކުރެއެވެ.

މޫސާ އަޝްހަލް އަޝްރަފް، އެއްވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ، އުމުރުން 12 އަހަރުގައި، 3 ސެޕްޓެންބަރު 2023 ގައެވެ.