އަލްޙާފިޡާ ފާޠިމަތު އަޙްމަދު
ދަޑިމަގު. ގުލްދަސްތާގެ ޏ. ފުވައްމުލައް

ދުނިޔެއާއި އާޚިރަތަށް ފައިދާކުރަނިވި ކަމެއްގެ ގޮތުގައި ކުރަން އެންމެ ރަނގަޅީ ކީރިތި ޤުރްއާން ހިތުދަސްކުރުން ކަމަށް ފާޠިމަތު އަޙްމަދު އަބަދުވެސް ދެކެވަޑައިގަންނަވައެވެ. އެހެންކަމުން، އެކަމަށް ޢަޒުމް ކަނޑައަޅުއްވައިގެން، ޤުރްއާން ހިތުދަސްކުރައްވަން ފެށްޓެވީ، އުމުރުން 49 އަހަރުގައެވެ. ޤުރްއާން ހިތުދަސްކުރެއްވުމުގެ މަސައްކަތް ފެށްޓެވީ، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ފުވައްމުލަކު ގޮފީގައި 2011ވަނަ އަހަރުގެ ތެރޭގައެވެ. އޭރުއްސުރެ ފެށިގެން މެދުނުކެނޑި 9 އަހަރެއްހާ ދުވަހު ކުރެއްވި ބުރަ މަސައްކަތުން މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، ފާޠިމަތު އަޙްމަދު ޤުރްއާން ހިތުދަސްކުރެއްވީއެވެ. އޭގެފަހުން، މުރާޖަޢާ ކުރެއްވުމަށް 4 އަހަރު ހޭދަކުރައްވައި، ޙިފްޡު އިމްތިޙާނުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ފާޠިމަތު އަޙްމަދަށް ޤުރްއާން ހިތުދަސްކުރައްވައި ނިންމަވައިލެއްވުނީ، ޢާއިލާގެ ފަރާތުން ލިބިވަޑައިގެންނެވި އެއްބާރުލެއްވުމާއި އެހީތެރިކަމާއެކުގައި، މުދައްރިސުންގެ މިންނެތް މަސައްކަތްޕުޅުންނެވެ. ޚާއްޞަކޮށް، އިސް މުދައްރިސެއްގެ ގޮތުގައި އެހީތެރިވެދެއްވި އަލްޤާރީ އަލްޙާފިޡް ޢަބްދުﷲ މުފީދު ކޮށްދެއްވި މަސައްކަތް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައެވެ.

ފާޠިމަތު އަޙްމަދު، އެއްވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރެއްވީ، 25 ސެޕްޓެންބަރު 2023 ގައެވެ.