އަލްޙާފިޡް މުޙައްމަދު ޙަނޫން ޙުސައިން
ފަރުބަދަ ސ. ފޭދޫ

ކީރިތި ޤުރްއާން ހިތުދަސްކުރުމަށް ޝައުޤުވެރިކަން އުފެދުނީ، މުޙައްމަދު ޙަނޫންގެ އުމުރުން 5 އަހަރުގައި، ޝައިން ލަރނަރސް ޕްރީސްކޫލުން ހިންގަމުން ގެންދިޔަ، ޤުރްއާން ޙިފްޡު ކުރުމުގެ ޕުރޮގުރާމުގެ ތެރެއިންނެވެ. އޭރު 5 ފޮތް ދަސްކުރެވިފައި ވެއެވެ. ޕްރީސްކޫލް ތަޢުލީމު ނިންމުމަށްފަހު، ކީރިތި ޤުރްއާން ހިތުދަސްކުރަމުން ގެންދިޔައީ ގޭގައެވެ. އޭގެފަހުން، 2019ވަނަ އަހަރުގެ މާރިޗު މަހުގެ 18ވަނަ ދުވަހު، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި ބައިވެރިވެ، ޤުރްއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ފެށިއެވެ.

މުޙައްމަދު ޙަނޫން ޙުސައިން، ޤުރްއާން އެކީގައި ހިތުދަސްކޮށް ނިންމީ، 2022ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 9ވަނަ ދުވަހުއެވެ. އޭރު އުމުރަކީ 12 އަހަރެވެ. މުރާޖަޢާ ކުރުމަށްފަހު، ޙިފްޡު ކޮމިޓީއަށް ކިޔައިދީ ނިންމީ، 2024ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 19 ގައެވެ.

މުޙައްމަދު ޙަނޫން ޙުސައިން، އެއްވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ، 22 ފެބުރުވަރީ 2024 ގައެވެ.