އަލްޙާފިޡާ ފާޠިމަތު ނަޞީރާ
ނިކަގަސްދޮށުގެ ސ. ހިތަދޫ

ކީރިތި ޤުރްއާން ހިތުން ދަސްކުރެއްވުމުގެ ޝައުޤުވެރިކަން އުފެދި، ފާޠިމަތު ނަޞީރާ، ޤުރްއާން ހިތުދަސްކުރައްވަން ފެށްޓެވީ، އުމުރުން 52 އަހަރުގައި، އަލްޙާފިޡް އަލްމަރްޙޫމް މުޙައްމަދު ޙުސްނީގެ އަރިހުން އޭނާ ހިންގެވި ކުލާހުގައި ބައިވެރިވެވަޑައިގަންނަވައިގެންނެވެ. މިގޮތުން، ހަތަރު އަހަރެއްހައި ދުވަހުގެ ތެރޭގައި، ކީރިތި ޤުރްއާން ހިތުދަސްކުރެއްވިއެވެ. އަދި، އައި.އާރު. ޤުރްއާން ކުލާހުގައި ބައިވެރިވެވަޑައިގެން، އަހަރެއްހައި ދުވަހުގެ ތެރޭގައި، މުރާޖަޢާ ކުރައްވައި ނިންމެވިއެވެ.

ފާޠިމަތު ނަޞީރާ، ޤުރްއާން ހިތުދަސްކުރެއްވުމުގައި އެންމެ ބޮޑަށް އެހީތެރިވެދެއްވީ، އަލްޙާފިޡް އަލްމަރްޙޫމް މުޙައްމަދު ޙުސްނީއެވެ. އަދި ފިރިކަލުންގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ލިބިވަޑައިގެންނެވިކަން ނަޞީރާ ފާހަގަކުރައްވައެވެ.

ފާޠިމަތު ނަޞީރާ، ދެވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރެއްވީ، 5 މާރިޗު 2024 ގައެވެ.