ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ކްލަބު މޯލްޑިވްސް ކަޕް 2024 ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތު ކުރިއަށްދިޔައީ ރޭ ރެހެންދި ސުކޫލު ފުޓްސަލް ދަނޑުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކްލަބު މޯލްޑިވްސް ސީޒަން ފެށުމުގެ ގޮތުން މެޗުކުޅުމަށް ބޭނުންކުރާ ބޯޅަ ރެފްރީންނާ ހަވާލުކޮށްދެއްވާފައެވެ. އަދި އެއަށްފަހު އެމަނިކުފާނު ވަނީ މި ސީޒަން ފެށުމުގެ ގޮތުން ކުޅުނު މެޗު ބައްލަވަލައްވާފައެވެ. މި މެޗުގައި ބައްދަލުކުރީ ކްލަބު ވެމްކޯ އަދި ޖޯލި މޯލްޑިވްސްއެވެ. މި މެޗު ވެމްކޯ ޓީމް ކާމިޔާބުކުރީ 2، 1 ގެ ނަތީޖާއަކުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޮޅުވި ޓީމަށް ޝީލްޑާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.