ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާ އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އިންޑިއާގެ ބެންގަލޫރުގެ ކެމްޕޭގައުޑާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތްކުރައްވައި އެއަރޕޯޓް ބައްލަވައިލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެއަރޕޯޓަށް ކުރެއްވި މި ޒިޔާރަތުގައި އެއަރޕޯޓުގެ ސީނިއަރ މެނޭޖްމަންޓުގެ ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއެކު ވަޑައިގެން އެއަރޕޯޓުގެ މުހިންމުތަންތަން ދައްކާލާފައެވެ.

ދިހަ މިލިއަން ފަތުރުވެރިނަށް އަހަރަކު ޚިދުމަތްދެވޭ ފެންވަރަށް، ސަގާފީ ތަރިކަ ދައްކުވައިދޭގޮތަށް އަދި އެއަރޕޯޓުގެ ޓާމިނަލާއި، ގުދުރަތީ ގޮތްތައް ދައްކުވައިދޭގޮތަށް މުޅިއެއަރޕޯޓުގައި ކޮށްފައިވާ ފަރުމާތަކާއި ޒަމާނީ އާލާތްތަކާއި، ޓެކްނޮލޮޖީގެ އާ އުފެއްދުންތައް ހިމެނޭ އެއަރޕޯޓުގެ އެކި ޚިދުމަތްތައް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

ކެމްޕޭގައުޑާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދެކުނު އިންޑިއާގެ އެންމެ ކާރޫބާރޫ ބޮޑު އެއް އެއަރޕޯޓެވެ.