މި އޮފީހުގެ ހުސްވެފައިވާ މިދަންނަވާ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަންހުރި، ގާބިލު މީހުންނެވެ.
މަގާމުގެ ނަން: |
ޑެޕިއުޓީ ލީގަލް އޮފިސަރ |
ރޭންކް: |
ޕީ.އޯ.އެލް. 3 |
އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން: |
ލީގަލް އެފެއާޒް އޮފީސް |
ބޭނުންވާ އަދަދު: |
1 (އެކެއް) |
އަސާސީ މުސާރަ: |
8,910.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
2,000.00 ރުފިޔާ |
އެކްސްކްލޫސިވް ޖޮބް އެލަވަންސް: |
4,009.50 ރުފިޔާ (އަސާސީ މުސާރައިގެ %45) |
ލިވިންގ އެލަވަންސް: |
2,500.00 ރުފިޔާ |
ކޮލިފިކޭޝަން އެލަވަންސް: |
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ، 4,000.00 ރުފިޔާ ނުވަތަ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ، 5,000.00 ރުފިޔާ. |
މަގާމުގެ ޝަރުތު: |
- ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. |
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
- ޤާނޫނީ ލަފަޔަށް މި އޮފީހުގެ އެކި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަންތަކުން ހުށަހަޅާ މައްސަލަތަކުގައި ޤާނޫނީ ލަފާ ތައްޔާރުކުރުމާއި މައްސަލަތައް ދިރާސާކޮށް، ޖަވާބު ތައްޔާރުކުރުމާއި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ފޯރުކޮށްދޭން ޖެހޭ ޤާނޫނީ އަދި އެހީތެރިކަން ފޯރުކޮށް ދިނުން. - ޖިނާއީ ކުށްތަކުގެ ޙުކުމްކޮށްފައިވާ، އިސްތިއުނާފުކުރުމުގެ އިތުރު ފުރުޞަތެއް ނެތް މީހުންގެ ތެރެއިން، ވަކިވަކި ފަރުދުންގެ ކުށަށް ޤާނޫނު ނަންބަރު 2010/2 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) ގައިވާ ގޮތުގެމަތީން ރައީސުލްޖުމްހޫރިއްޔާ މަޢާފުދެއްވުމާއި އަދަބު ލުއިކޮށްދެއްވުމުގައި ކުރަންޖެހޭ މަސައްކަތް ކުރުން. - ލީގަލް އެފެއާޒް އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ބާއްވަވާ ބައްދަލުވުންތައް ވިލަރެސްކުރުން. |
ހުށަހަޅަންޖެހޭ ތަކެތި: |
ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު". ށ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ. ނ. ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ ("އޯ" ލެވެލް، "އޭ" ލެވެލް، އެސް.އެސް.އީ، އެޗް.އެސް.އެސް.ސީ، އެފް.ސީ.އީ، ސީ.އޭ.އީ، ސީ.ޕީ.އީ، ޑިގްރީ، މާސްޓަރސް، އެކިއެކި ޓްރޭނިންގ ކޯސްތަކުގެ ސެޓުފިކެޓުތައް). މީގެތެރެއިން "އޯ" ލެވެލް އަދި "އޭ" ލެވެލް ސެޓްފިކެޓު ފިޔަވައި ހުރިހާ ސެޓްފިކެޓުތައް (ރާއްޖޭން ބޭރުގެ) އެކްރެޑިޓްކޮށްފައި ހުށަހެޅުއްވުން އެދެމެވެ. ރ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ބ. ލިބިފައިވާ ސަނަދުތަކުގެ ފޮޓޯކޮޕީ. ޅ. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯކޮޕީ. ކ. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ، ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: - ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. - ޤައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމުޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) |
މި މަގާމަށް ޝަރުތު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ތަކެތި، 2025 ޖުލައި 9 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މި އޮފީހުގެ އީމޭލް info@po.gov.mv މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުތު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ.
އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/ އެވެ.
3 ޖުލައި 2025