ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްކަމަށް، މއ.ސިގްމާ، އަލްއުސްތާޛު މުޙައްމަދު މުޖްތާޒް އަދި އެ ކޮމިޝަނުގެ ނައިބު ރައީސްކަމަށް މ.ފަލްކަންގެ، މުޙައްމަދު ނާޞިޙް މިއަދު ޢައްޔަންކުރައްވައިފިއެވެ.

މި ދެބޭފުން މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތީންނެވެ.